بســم اللّـه الرّحمـن الرّحيــم

އާދެ! މިއަދަކީ "އަރތް ޑޭ". މިއަދު އަޅުގަނޑުމެން މި ކުރާ ކަމަކީ ދެން އަންނަން އޮތް ޖީލަކަށް އަޅުގަނޑުމެންގެ ހަކަތަ، ދެން އަންނަން އޮތް ޖީލެއްގެ ދަރިންނަށް ރައްކާކުރުމަށްޓަކައި އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެއް އަޅުގަނޑުމެން މިއަދު އަޅަމުން މިދަނީ. މިކަމުގައި މުޅި ޤައުމު އެއްބާރުލައި، މުޅި ޤައުމުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. އަދި ސަރުކާރުން އަޅުގަނޑުމެން މިކަމުގައި ވަރަށް ފުރިހަމައަށް އެއްބާރުދީ، ރައްޔިތުންނާއެކުގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

މިގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ މިއޮފީހުގެ ބޮކިތައް ނިވާލުމުގެ މަސައްކަތުގައި އަޅުގަނޑުމެން ކުރިއަށް ދާނީ. ވީމާ، އަޅުގަނޑުގެ އުންމީދަކީ މުޅި ޤައުމުގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުމެންނަށް މިހަކަތަ ބޭނުން ކުރުމުގައި އެންމެ އަގުހުރި ގޮތުގައި، ރަނގަޅު ގޮތުގައި، އަދި ދެން އަންނަން އޮތް ޖީލަކަށްވެސް ވާޞިލުވާ ގޮތަށް އެކަންތައް ކުރުން. އެއީ، އަޅުގަނޑުމެންނަށް އެނގޭ، މާތް ﷲ ދެއްވާފައިވާ މި ނިޢުމަތަކީ އަގުހުރި ގޮތުގައި ބޭނުންކޮށްގެން، ބޭކާރު ނުކޮށް، އަޅުގަނޑުމެންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ހެދިއްޔާ ނޫނިއްޔާ އޭގެ ފައިދާ އަގުހުރި ގޮތުގައި އަޅުގަނޑުމެންނަށް ނުކުރެވޭނެކަން.

އެހެންވީމާ، މިއަދު ދުނިޔޭގެ ހުރިހާ ރައްޔިތުންނާއެކުގައި އަޅުގަނޑުމެން މިކަމުގައި މިބައިވެރިވަނީ މުޅި ދުނިޔެއާ އެކުގައި، ދުނިޔޭގެ ހުރިހާ ރައްޔިތުންނާ އެކުގައި. ވީމާ މިއީ އަޅުގަނޑުމެން މިއަދު މިފަށާ ނުވަތަ މިކުރާ މަސައްކަތަކީ. އެހެންވީމާ، މީގައި އަޅުގަނޑުގެ އުންމީދަކީ ހުރިހާ މަސައްކަތް ކުރައްވާ ފަރާތްތަކުންނާއި، އަދި އެކިއެކި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް އެކަމުގައި އެއްބާރު ދެއްވައި، އެއްބާރުލައްވައިގެން އެކުގައި މަސައްކަތް ކުރުން. އެއީ ދެން އަންނަން އޮތް ޖީލަކަށް މިދުނިޔެ އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ މިގޮތަށް އަޅުގަނޑުމެން މަސައްކަތްކޮށް، އަޅުގަނޑުމެންގެ މިޖައްވު ސަލާމަތް ކުރުމުން ކަމަށްވާތީ. މިއީ އަޅުގަނޑުމެންނަށް މިއަދު ހަމަ ޔަޤީނުން އެނގޭ ކަމެއް. ވީމާ މިގޮތުން މަސައްކަތް ކުރުމަކީ އިންސާނުންގެ ދެން އަންނަން އޮތް ޖީލެއްގެ ދަރިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުން.

އެހެންވީމާ، މިގޮތުން އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތް މިކުރަނީ. މިކަމުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލައްވައި އަދި އެއްބާރުދެއްވައި އަޅުގަނޑުމެންނާ އެކުގައި މިކަމުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ނާޒުކު މިޖައްވު މާދަމާގެ ދެން އަންނަން އޮތް ޖީލަކަށް އަޅުގަނޑުމެންނަށް ހިއްސާއެއް ނުކުރެވޭނެ. އެހެންވީމާ، މިކަން އަޅުގަނޑުމެން ވަރަށް ހިތުގެ އަޑިން ގަބޫލުކުރަން އެބަޖެހޭ. ޤަބޫލުކޮށް، އަޅުގަނޑުމެން މިކަމުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކުރެވޭނެ ކަމެއް. އެފޯރާ މިންވަރަކުން، ނުވަތަ އެކުރާ މަސައްކަތެއްގައި އެކަން ކުރެއްވޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!