1.          މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޕޯޓްސް އެޑްވައިޒަރުގެ މަގާމު 

މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ސްޕޯޓްސް އެޑްވައިޒަރުގެ މަގާމަށް މާފަންނު ޖަވާހިރުވިލާ އަލްފާޟިލް ޝާހު އިސްމާޢީލް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޝާހު އިސްމާޢީލް ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

 

2.          މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމު

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމަށް ވިލިނގިލި އަވަށް، ޕެލަސް އަލްފާޟިލް މުޙަންމަދު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް މުޙަންމަދު އިބްރާހީމް ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

މުޙަންމަދު އިބްރާހީމް، މިހާތަނަށް ހުންނެވީ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލަރ އޮފީހުގެ ކޮންސަލްގެ މަގާމުގައެވެ.