1.       މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަން

 

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމަށް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އޭޝް އަލްފާޟިލް ޢަދުނާން ޙަލީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢަދުނާން ޙަލީމް ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

 

2.       ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީކަން

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމަށް، މައްޗަންގޮޅި ފާލްސާގޭ އަލްފާޟިލް ޢަލީ ހާޝިމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަލީ ހާޝިމް މިހާތަނަށް ހުންނެވީ އެއޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމުގައެވެ.