މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އާލިޔާ އަލްފާޟިލް މުޙަންމަދު އަސްލަމްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަން އެންގެވުމާ ގުޅިގެން، އެކޮމިޝަންގެ މެންބަރު ކަމަށް، އޭނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.