ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ، މައްޗަންގޮޅި ފާލްސާގޭ އަލްފާޟިލް ޢަލީ ހާޝިމެވެ. ޢަލީ ހާޝިމް މިހާތަނަށް ހުންނެވީ، އެއޮފީހުގެ ޑެޕިޔުޓީ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޢައްޔަން ކުރެއްވީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އޭޝް އަލްފާޟިލް ޢަދުނާން ޙަލީމެވެ. މިމަގާމަށް ޢަދުނާން ޙަލީމް ޢައްޔަނު ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.