މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކަންތައްތައް ކުރައްވާފައި ހުރި ކަމުގެ ޝަކުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ނާޖާއިޒު ފައިދާ ނަންގަވަމުން ގެންދަވާ ކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަމުންދާތީއާއި، އެ ބޯޑުގެ ބައެއް މެންބަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅުއްވާފައިވާތީ، އެ ބޯޑު އަލުން އެކުލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، ބޯޑުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުން މިއަދު ވަކިކުރައްވައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، އަލުން އެކުލަވައިލައްވާއިރު، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް، އެ ބޯޑުން މިހާރުވެސް ދެއްވާފައިވާ ޖާގަތަކަށް ބޭފުޅުން ހުށަހެޅުއްވުމުގެ ފުރްޞަތު، އެ ޕާޓީތަކަށް ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.