ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމަށާއި، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނީ މާދަމާއެވެ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.