މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.