1434 ވަނަ އަހަރުގެ ޤައުމީ ދުވަހުން ފެށިގެން ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ބޭނުންކުރުމަށް ޝިޢާރެއް ކަނޑައަޅުއްވައިފި ކަމަށާއި، މިއަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރަކީ " އަމާންވެށި – ޤައުމުގެ ކުރިއެރުން" ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޝިޢާރު ބޭނުންކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް މަޢުލޫމާތު ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި ޝިޢާރު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރައްވަން ޖެހިވަޑައިގެންފައިވުމާއެކު، ބަޖެޓުން މިކަމަށް އެއްވެސް ޚަރަދެއް ނުހިނގާ ގޮތަށް ޝިޢާރު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މި ޝިޢާރު އިނގިރޭސިބަހުން ބޭނުން ކުރައްވާނީ، ތިރީގައިމިވާ ގޮތަށް ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“Safe Community – Nation’s Development”