ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އައްޑުއަތޮޅު ހިތަދޫ އަލްމާސް އަލްފާޟިލް ޢަބްދުﷲ ޠާހިރެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، އައްޑުއަތޮޅު ހިތަދޫ ރިޔާޒް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.

ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، އައްޑުއަތޮޅު ހިތަދޫ ފެއަރލިންގ އަލްފާޟިލް އިބްރާހީމް ޖަމާލާއި، އައްޑުއަތޮޅު ހިތަދޫ ގުލްފާމްގޭ އަލްފާޟިލާ ފާޠިމަތު މުޙަންމަދުދީދީ އާއި އަދި އައްޑުއަތޮޅު ހިތަދޫ މައިޒާންދޮށުގޭ އަލްފާޟިލް އިބްރާހީމް ސަޢީދެވެ.