މިމަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވާ ޤައުމީ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ބައްދަލުކުރައްވައި، އެ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

މުލީއާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވިއެވެ. އަދި ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށްޓަކައި ސަރުކާރުން ވެވަޑައިގެންނެވި މިންވަރަކުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޤައުމީ ބާސްކެޓް ޓީމް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.