މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޒަވިއޭ ލިއުކް ޑިވާލް މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ. މޮރިޝަސްގެ ބޮޑުވަޒީރުގެ ނާއިބަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިންނެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނި ހަމަޖެހިފައެވެ.