ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9.30 ގައި ހައްދުންމަތީ ފޮނަދޫގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ ދައްކަވާ ވާހަކަފުޅުގައި، ޤައުމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރައްވައި، އެ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް ބައްލަވައިލައްވާނެއެވެ. އަދި ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން މިއަދު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވައިލައްވާނެއެވެ.