ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް 2013 ޖަނަވަރީ 9 ވަނަ ދުވަހު އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް މި އުވާލެއްވީ، ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި، ޢާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ އުފުލުމަށް، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ "ހެލްތް ޕްރޮޓެކްޝަން އެޖެންސީ"ގެ އިޚްތިޞާޞްގެ ތެރޭގައި އެ ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތައް ހިމެނިފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.