ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް، މާފަންނު ވެސްޓްސައިޑް އަލްފާޟިލް އަޙްމަދު ސަރީރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު ސަރީރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.

އަޙްމަދު ސަރީރަކީ، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުވެސް މެއެވެ.