ނޭޕާލްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ނިރުވާނާ ޗައުދްރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ނޭޕަލްގެ މިހާރުގެ ހާލަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަންކަން އޮޅުން ފިލުއްވިއެވެ. އަދި ނޭޕާލްގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތާ ބެހޭގޮތުން އޮނަރަރީ ކޮންސުލް ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާ ކުރައްވައި، ނޭޕާލްގައި ގެންގުޅޭ ތިމާވެށްޓާ ރައްޓެހި ސިޔާސަތުތަކާ ބެހޭގޮތުންވެސް ރައިސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.

އޮނަރަރީ ކޮންސުލް ދެއްކެވި ވާހަކަފުޅުގައި، ނޭޕާލްގައި ތިބޭ ރާއްޖޭގެ ކިޔަވާކުދިންނާއި، އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.