ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާލެ އަތޮޅު މާފުށްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެރަށަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިއަދު މެންދުރުކުރީގައި އެރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި، އެމަސައްކަތްތައް ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބާތޯ ބެއްލެވިއެވެ. އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގައި މާފުށީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.