ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމުން އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު މިއަދު ވަކިކުރައްވައިފިއެވެ.

އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމުން ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެމަޤާމުގައި ހުންނަވައިގެން، ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް، ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.