މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ 25 ބޭފުޅަކަށެވެ. އެއީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 12 ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރެއްވި 13 ބޭފުޅުންނެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 12 ބޭފުޅުންނަކީ:

ބެޗްލަރސް ޑިގްރީ:

1. އަލްފާޟިލް އަޙްމަދު އިރުހާސް ގ. ބީޗްނެސްޓް
2. އަލްފާޟިލާ ނާޒްލީ ރަޝާދު ބ. ތުޅާދޫ ތަނޑިރަތްމާގެ
3. އަލްފާޟިލް އިބްރާހީމް އަންވަރު އއ. ރަސްދޫ ބްލޫމީޑް
4. އަލްފާޟިލް ޢަލީ ޝިޔާމް ށ. ފޯކައިދޫ ޖަނބުރޯލުމާގެ
5. އަލްފާޟިލް ޣާނިމް ޙުސައިން ގއ. ގެމަނަފުށީ ހަބަރުގެ
6. އަލްފާޟިލާ މަރިޔަމް ޠާއިފާ ހދ. ކުޅުދުއްފުށީ ޓޯޓަލްގެ

ޕޯސްޓް ގްރެޖްއޭޓް ސެޓްފިކެޓް:

1. އަލްފާޟިލާ ޢާއިޝަތު ސިނާއު ހ. ނީސް
2. އަލްފާޟިލާ ދީނާ ނިޒާރު ގއ. ދާންދޫ އެމޭޒަން
3. އަލްފާޟިލާ ނާޒްލީ ރަޝާދު ބ. ތުޅާދޫ ތަނޑިރަތްމާގެ

މާސްޓަރޒް ޑިގްރީ:

1. އަލްފާޟިލާ މަރިޔަމް ޝަހުނީޒާ ނަޞީރު ހއ. ދިއްދޫ ތިލަދޫ
2. އަލްފާޟިލް އަޙްމަދު ޢަލީ ހއ. ތަކަންދޫ ލަކްސްލިން
3. އަލްފާޟިލް އަޙްމަދު ނިޔާޒް ޅ. ކުރެންދޫ ސޯސަންގެ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި މެޑެއްޔާއި ހަނދާނީ ލިޔުން ޙާޞިލު ކުރެއްވި ބޭފުޅުންނަކީ:

1. ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ފުވައްމުލަކު ދޫޑިގަން އީސްޓްލައިޓް
2. ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ ސ. ހިތަދޫ ކޯޒީރައުންޑް
3. ޑޮކްޓަރ ޢަލީ ޝަފީޤު ސ. ހިތަދޫ ދިރޭލާލުގެ
4. ޑޮކްޓަރ މަރިޔަމް ސުޒީ އާދަމް މ. އެމޭޒަން
5. ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް ހ. ސީސައިޑް
6. ޑޮކްޓަރ އިބްރާހީމް މަޙްފޫޡު މ. އެލްސިއޯން
7. ޑޮކްޓަރ ޢާޞިމް އަޙްމަދު ގ. ފަރުކަނި
8. ޑޮކްޓަރ އިބްރާހީމް މުޞްޠަފާ ސ. ހުޅުދޫ ދުންފިނިގެ
9. ޑޮކްޓަރ ޢާއިޝަތު މަޙްފޫޡާ ހ. އެލްޕާޝޯ
10. ޑޮކްޓަރ މުޙަންމަދު ސަލީމް ހ. ގްރީންލައިޓް
11. ޑޮކްޓަރ މުޢާވިޔަތު މުޙަންމަދު މ. ޒޭވަރު
12. ޑޮކްޓަރ މަޙްމޫދު ރިޔާޒު ޅ. ނައިފަރު ކަރަންކާގެ
13. ޑޮކްޓަރ ދީބާ މޫސާ މ. ވައިޓްބެލް

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިންކުރުމަކުން މަތީ ވަނަ ނުވަތަ ޝަރަފު ހޯދި ދިވެހި ޤައުމީ ކްރިކެޓް ޓީމަށްވެސް ޚާއްޞަ އިނާމު ދެއްވިއެވެ. އެއީ 2010 ވަނަ އަހަރު ތައިލެންޑްގައި ބޭއްވުނު އޭޝިއަން ކްރިކެޓް ކައުންސިލް ޗެލެންޖް ޓްރޮފީގައި ރާއްޖެއަށް ރަން މެޑެލް ހޯދައިދިނުމާ ގުޅިގެންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.