ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވި މެސެޖް މިދަންނަވާލަނީއެވެ.

[ބަރަކާތްތެރި އަޟުޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައޔިތުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް އިޚްލާޞްތެރިކަމާއެކު، މި ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.

އަޟުޙާ ޢީދަކީ، ހިތްހެޔޮ ކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަހެވެ. ހަމައެހެންމެ، ޤައުމާއި މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރެންވީ މުނާސަބަތެއްވެސްމެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތްހަމަޖެހުމާއި، އުފާވެރިކަމުގެ ދުވަސްތަކެއް ކަމުގައި މާތްﷲ ލެއްވުމެވެ. މިފަދަ އުފާވެރި ދުވަސްތައް މުޅި ރާއްޖެއަށާއި އިސްލާމީ އުންމަތަށް ތަކުރާރު ކުރެއްވުމެވެ.]