ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން، 2014 ވަނަ އަހަރު ބާއްވަވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ބޯހިމެނުމެއް ބޭއްވިފައި ނުވާތާ ގިނަ ދުވަސްތަކެއްވެފައި ވުމާއެކު، ބޯހިމެނުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ، 5 އަހަރުން 1 އަހަރުއެވެ. 2006 ވަނަ އަހަރުގެ ފަހުން މިވޭތުވެދިޔަ 6 އަހަރު ބޯހިމަނާފައެއް ނުވެއެވެ.

2014 ވަނަ އަހަރު ބޯހިމެނުން ބާއްވާއިރު، ބޯހިމެނުމުގެ ކަންތައްތައް މައިގަނޑު ގޮތެއްގައި ގެންދާނެ އުޞޫލުތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.