ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ ޑޮކްޓަރ އަފްރާޝީމް ޢަލީއަށް، ރޭ މެންދަމު ތޫނު އެއްޗަކުން ޙަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން (2 އޮކްޓޯބަރ 2012 އިން 4 އޮކްޓޯބަރ 2012ގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނިންމަވައިފިއެވެ.