ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުރު ޗުއްޓީއެއް ނަންގަވައިފިއެވެ. އެމަނިކުފާނު ޗުއްޓީގެ ދުވަސްތައް ހޭދަކުރައްވާނީ، ޢާއިލާގެ ބޭފުޅުންނާ އެކުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި، އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމާބެހޭ ޤާނޫނުގައި، ރައީސުލްޖުމްހޫރިއްޔާއަށް ގިނަވެގެން އަހަރަކު ތިރީސް ދުވަހުގެ ޗުއްޓީއެއް ކަނޑައެޅިފައިވެއެވެ.