މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަނު ކުރައްވާ ޑިރެކްޓަރުންގެ ގޮތުގައި ދެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ. އެދެބޭފުޅުންނަކީ، މައްޗަންގޮޅީ އިސްޕަންޖުގޭ އަލްފާޟިލް ޢަބްދުއްސަމީޢު ޙަސަނާއި، މާފަންނު ނާޒްލީމަންޒިލް އަލްފާޟިލް އިލްޔާސް ފަރުހާދެވެ.

މިދެބޭފުޅުންނާއެކު ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޗެއަރޕަރސަން މާފަންނު ލަކްސްލިން އަލްފާޟިލާ ނީޒާ ޢިމާދާއި، މެނޭޖިންގ ޑިރެކްޓަރ މާފަންނު ހަނީޑިއު އަލްފާޟިލް މުޙަންމަދު އަޙްމަދުދީދީއާއި، ޑިރެކްޓަރ އައްޑުއަތޮޅު ހުޅުދޫ ބްލޫއެއަރ، ހެންވޭރު ޗިނަރު އަލްފާޟިލް މުޙަންމަދު ރަޝީދާއި، މައްޗަންގޮޅީ ޗަނބޭލީމާގޭ އަލްފާޟިލާ ޢާއިޝަތު ނަޝީދާއެވެ.