ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙައްމަދު ވަޙީދުއްދީން، މާލެއަތޮޅު ގުރައިދުއަށާއި މާފުށްޓަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު ބައްލަވާލައްވައި، އެތަނުގެ އިސް މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި މާފުށްޓަށް ކުރެއްވި ޒިޔާރަތުގައި، މާފުށީ ޖަލުގެ އިސް މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.