ޔޫކޭ-މޯލްޑިވްސް އޯލް ޕާލިމެންޓްރީ ގްރޫޕްގެ ޗެއަރމަން މިސްޓަރ ޑޭވިޑް އަމެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަން ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ދެއްވިއެވެ.

މިސްޓަރ ޑޭވިޑް އަމެސް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ޤައުމަކުންވެސް ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.