ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެކުލަވައިލައްވައިފިއެވެ.

ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި 7 މެންބަރުންނަކީ، މާފަންނު ލޮނުވެލި އަލްފާޟިލާ އަނީސާ އަޙްމަދާއި، ގަލޮޅު ކުދިރުވާލިގޭ ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ގަލޮޅު ފަހިވާވިލާ ޑޮކްޓަރ މުޙަންމަދު އަސީލް ޖަލީލާއި، އައްޑޫ ސިޓީ ފޭދޫ ސީނިޔާގޭ އަލްއުސްތާޛު މުޙަންމަދު އަނިލްއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބާއި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ތަރިވިދާގޭ އަލްފާޟިލް ޙުސައިން ޝިހާބާއި، ފާދިއްޕޮޅު ކުރެންދޫ ނޫރަންގޭ އަލްފާޟިލާ ޒުލްފާ އިބްރާހީމެވެ.