ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށާއި، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުއްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއާއި ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެދެރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.