ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރޭގެ ވަގުތެއްގައި ޗައިނާގެ ޒިންޖިއަން ޕްރޮވިންސަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޒިންޖިއަން ޕްރޮވިންސުން މަރުޙަބާ ވިދާޅުވީ، ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރނަރ އައިކެން ޓުނިއަރޒީއާއި، ޕްރޮވިންސްގެ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނެވެ.

މިދަތުރުފުޅުގައި، ޗައިނާގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެއެވެ. މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެއެވެ.