ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ"ގެ މަސައްކަތް ނިންމަވައި، ކޮމިޝަންގެ މަސައްކަތުގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، އެޓަރނީ ޖެނެރަލަށް ހުށަހެޅުއްވުމާ ގުޅިގެން، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި މަސައްކަތްތައް ފުރިހަމަވެފައިވާ ކަމަށް ކަނޑައަޅުއްވައި، އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފިއެވެ. ކޮމިޝަން އުވާލެއްވުމުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވީ، ކޮމިޝަންގެ ރިޕޯޓް، އެމަނިކުފާނަށް އެރުވުމާ ގުޅިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމުގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.