2012 އޯގަސްޓް 22 ވާ ބުދަ ދުވަހާއި، 23 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ހަމަޖައްސަވައި، އެ ދެދުވަހުގެ ބަދަލުގައި، 2012 ސެޕްޓެމްބަރ 1 ވާ ހޮނިހިރު ދުވަހާއި، 15 ވާ ހޮނިހިރު ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދެދުވަސް ކަމުގައި ހަމަޖައްސަވައިފި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަން މިގޮތަށް ހަމަޖެއްސެވީ، އޯގަސްޓް މަހުގެ 22 ވަނަ ދުވަހާއި، 23 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް އޮވެއްޖެނަމަ، ފިޠުރު ޢީދުގެ ބަންދާއި، ހަފުތާގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއްނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.