ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތައް ނިންމަވައި، ކޮމިޝަންގެ މަސައްކަތުގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، އެޓަރނީ ޖެނެރަލަށް މިހާރު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ، 2012 އޯގަސްޓް 30ވާ ބުރާސްފަތި ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ކަނޑައަޅުއްވައި، އެކަމުގެ ޤަރާރު އެމަނިކުފާނު މިއަދު ނެރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގައި، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތައް ނިންމެވުމަށް، ކުރިން ކަނޑައަޅުއްވާފައިވާ ތާރީޚު ކަމަށްވާ 31 ޖުލައި 2012 އަށް އެ މަސައްކަތްތައް ނިންމެވޭނެ ކަމަށް، އެ ކޮމިޝަނަށް ފެނިވަޑައިނުގަންނަވާތީ، އެ ކޮމިޝަނުން ހުށަހެޅުއްވި ސަބަބުތަކަށް ރިޢާޔަތް ކުރައްވައި، އެމަސައްކަތްތައް ނިންމަވަންޖެހޭ ތާރީޚަކީ، 30 އޯގަސްޓް 2012 ކަމަށް ކަނޑައެޅުއްވީ ކަމަށް ވިދާޅުވެފައިވެއެވެ.