بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޙަފްލާއަށް ވަޑައިގެންދެއްވި އެންމެހާ ޢިއްޒަތްތެރިން. އަދި މި ޙަފްލާ، ޓީ.ވީ.ގެ ޛަރީޢާއިން ބައްލަވަމުން ގެންދަވާ އެންމެހާ ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ލައްވައި، ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓެވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރުން.

އާދެ! މިރޭގެ މި ޙަފްލާގައި އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. އަދި މިރޭގެ މި ޙަފްލާއަށް ތިޔަބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! ދިވެހިރާއްޖެއަށް ލިބިފައިވާ މިނިވަންކަމަކީވެސް، ތަރައްޤީއަކީވެސް ތިޔަބޭފުޅުން، ތިޔަ ލޮބުވެތި ރައްޔިތުން، މި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދްމަތުގެ ނަތީޖާ. އަދި ހަމައެހެން، އަޅުގަނޑުމެންގެ ކާބަފައިން ދިވެހި ޤައުމަށްޓަކައި ކުރައްވާފައިވާ ގިނަގުނަ ޚިދްމަތްތަކާއި އަދި ވެވަޑައިގެންފައިވާ މަތިވެރި ޤުރްބާނީ. އެކަމަށްޓަކައި މިވަގުތަކީ އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ހިތުގެ އަޑިން ޝުކުރު ދެންނެވުމުގެ ވަގުތު. އަދި ހަމައެހެން، މިވަގުތަކީ ރާއްޖޭގެ މިވަގުތުގެ ޙާލަތާ ދޭތެރޭގައި ކޮންމެވެސްވަރަކަށް ފިކުރުކޮށްލުންވެސް މުނާސަބަތު ވަގުތެއް.

އާދެ! ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި، ދުނިޔޭގައި އޮތް އެންމެ ރީތި އެއް ޤައުމު ކަމުގައި ދެކޭ ޤައުމެއް. އަދި ދިވެހިރާއްޖެއަކީ ތަނަވަސް، ފާގަތި، އޮމާން، އަމާން، ޞުލްޙަވެރި، އެކުވެރި ތަނެއް. އަޅުގަނޑުމެން ބޮޑުވަމުން އައިއިރުގައި، ދިވެހިރާއްޖެއަކީ ވަރަށް ޞުލްޙަވެރި، ވަރަށް އެކުވެރި ތަނެއް. އަޅުގަނޑު ހަނދާން އެބަހުރި، މި ޗާނދަނީ މަގުގައި އަޅުގަނޑުމެން ނުކުމެ، އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންނާއެކީގައި ފުޓްބޯޅަ ކުޅެން އުޅޭ ހަނދާން. އާދެ! ޒަމާން މިއޮތީ ބަދަލުވެފައި. ރާއްޖޭގެ ރަށްތައް މިވަނީ ބަދަލުވެފައި. އަދި އަޅުގަނޑުމެންވެސް މިތިބީ ވަރަށް ބޮޑަށް ބަދަލުވެފައި. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދުވެސް ކުރާ އުންމީދަކީ، ޞުލްޙަވެރިކަމާ އެކީގައި، އަޅުގަނޑުމެންގެ ރަށްތަކުގައި، މަގުމަތީގައި އުޅުމުގެ ފުރްޞަތު އޮތުން. އަޅުގަނޑުމެންގެ ދަރިންނާ އެކުގައި، އަޅުގަނޑުމެންގެ ކާފަ ދަރިންނާ އެކުގައި މަގުމަތީގައި ހިނގާލުމުގެ އުންމީދު. އަދި ހަމައެހެން، މަގުމަތިން އަޅުގަނޑުމެންގެ ރަޙްމަތްތެރިންނާ ދިމާވެ، ސަލާމް ކޮށްލައި، ހާލުއަހުވާލު އަހާލުމުގެ ފުރްޞަތު.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިދެންނެވި އުންމީދުތަކަކީ، މިއީ ޙަޤީޤަތަކަށް ހެދިދާނެ. މި ހުވަފެންތަކަކީ އަޅުގަނޑުމެންނަށް ހޯދިދާނެ ހުވަފެންތަކެއް. އެހެން ނަމަވެސް، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އެގޮތުން، މިއަދު އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ، މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކާ އަޅާލަން. އެކަކު އަނެކަކަށް ހެޔޮކޮށްހިތަން. ދޫކުރަން. އަދި އެއްބަޔަކު އަނެއް ބައެއްގެ ޝަކުވާ އަޑުއަހަން. ހަމައެހެން، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށްވުރެ އިސްކުރަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެ އަބަދުވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން.

Excellencies, Ladies and Gentlemen

I would like to thank you for being here with us on this happy occasion in this beautiful National Museum, as we celebrate our Independence Day.

Thank you for being here. We are proud that we have a beautiful country. And we thank Allah Almighty for having bestowed on us one of most beautiful countries on this planet. The country that is known to be peaceful, brotherly, and a place for people to come and be happy.

I remember that the Maldives, even in Male’ and other islands used to be a much happier place, a much more peaceful place. I remember on this very street, as a child, I used to play soccer with my friends.

Times have changed. Male’ has changed. We have changed. We can no longer get out on the streets and play soccer. Nevertheless, it is our hope that we can walk around peacefully with our children, and with our grandchildren, and with our friends.

I believe it is possible to achieve this. I believe it is possible to regain the peace and quiet that we have. But to achieve that we all have to be much more forgiving, caring, and always consider national interest above our personal interests.

Thank you for being here.

والســّلام عليــكم ورحـمــة اللّـه وبـركاتـه