1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދާބެހޭ ބަޔާން އިއްވެވުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިރޭ ބާއްވަވާ ރަސްމީ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ރަމަޟާން މަހުގެ ހަނދާބެހޭ ބަޔާން އިއްވެވުމުގެ ގޮތުން ބާއްވަވާ ރަސްމީ އިޙްތިފާލް ފެށޭނީ، މިރޭ 9.30 ގައި އިސްލާމީ މަރްކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.