މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުރުނބާ މޯލްޑިވްސްގައި، ރޭ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިނާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުންވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.