1.    މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްކަން

 މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމަށް މާފަންނު ސެރީން އަލްފާޟިލާ ފާޠިމަތު ޝީރީން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2.    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީކަން
 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމަށް، މިނިސްޓަރުންގެ ނައިބުން ފެންވަރުގައި، މާފަންނު ޒިޔާރަތްދޮށުގޭ އަލްފާޟިލް އަޙްމަދު ޙާފިޒް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3.    މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމުކަން
 މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމު ކަމަށް، މިނިސްޓަރުންގެ ނައިބު ފެންވަރުގައި، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ފެހިގޭ ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފާއި، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ޕްލާޒާ އަލްއުސްތާޛު ހައިޝަމް މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.