މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަގާމަށް، މާފަންނު ސެރީން އަލްފާޟިލާ ފާޠިމަތު ޝީރީން ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމަށް، މާފަންނު ޒިޔާރަތްދޮށުގޭ އަލްފާޟިލް އަޙްމަދު ޙާފިޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.