ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙައްމަދު ވަހީދުއްދީންގެ ނަމުގައި ޓްވިޓަރ ވެބްސައިޓްގައި "ޓްވިޓަރ" އެކައުންޓެއް ހުޅުވައިގެން ބޭނުންކުރަމުންދާތީ ދަންނަވަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙައްމަދު ވަހީދުއްދީނަށް ނިސްބަތްވާގޮތަށް WAHEED DEEN VP (@Wahideenbandos) މި ނަމުގައި ހުޅުވާފައިވާ "ޓްވިޓަރ" އެކައުންޓަކީ ޞައްޙަ ޓްވިޓަރ އެކައުންޓެއް ނޫންކަން ދަންނަވައި، މިކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން މި ނޫސްބަޔާން ނެރުނީމެވެ. އަދި މި ޙާދިސާ މިގޮތަށް ހިނގާފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙައްމަދު ވަހީދުއްދީންގެ "ޓްވިޓަރ" އަދި "ފޭސްބުކް" ފަދަ އެކައުންޓްތަކެއް އެއްވެސް ސޯޝަލް ނެޓްވާރކެއްގައި އަދި ނުގެންގުޅުއްވާ ކަމަށްވެސް މި ފުރުސަތުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.