1. މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރކަން
 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް، މާފަންނު ދިމްޔާތު ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މުޙަންމަދު މުޢިއްޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީކަން
 
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކަމުގެ މަގާމަށް، ގަލޮޅު މަނާމް ޑޮކްޓަރ މަރިޔަމް ޝަކީލާ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.