ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ދަފްތަރު ނަންބަރު 4226 އަލްފާޟިލް މުޙަންމަދު ރަޝީދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އައްޑޫސިޓީ ފޭދޫ އަޅިވިލާގޭ އަލްފާޟިލް މުޙަންމަދު ލަޠީފްގެ އިތުރުން، މާފަންނު ޖަވާހިރުވާދީ އަލްފާޟިލް އަޙްމަދު ރަޝީދާއި، ދަފްތަރު ނަންބަރު 8661 (ގަލޮޅު ދިޔަލަ) އަލްފާޟިލް އާދަމް ތައުފީޤާއި، ހެންވޭރު ފައިން ބީޗް އަލްފާޟިލް ޢަލީ ރަޝީދު އިބްރާހީމާއި އަދި މައްޗަންގޮޅީ ބެރިޔަންފަރު އަލްފާޟިލް ޢަބްދުﷲ ޝިނާނެވެ.