ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ދިއްލީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މުމްބާއީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުމްބާއީއަށް މިކުރައްވާ ދަތުރުފުޅުގައި، މާދަމާ މަހާރާޝްތުރާގެ ގަވަރނަރާއި، ޗީފް މިނިސްޓަރާ ބައްދަލުކުރައްވާނެއެވެ. އަދި މުމްބާއީގެ މަޝްހޫރު ބައެއް ވިޔަފާރި ކުންފުނިތަކާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.