ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖެއްސެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއާއި ތަކެތި ބަލައިގަންނަ ގަޑި، ތިރީގައިމިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
-         ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް
މިނޫން ގަޑިއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮންމެހެން އެއްޗެއް ފޮނުއްވަން ޖެހިއްޖެ ޙާލަތެއްގައި، އެ އެއްޗެއް ފޮނުއްވާ އޮފީހެއްގެ ވެރިއަކު، މިއޮފީހުގެ ޗީފް އޮފް ސްޓާފަށް ނުވަތަ ކެބިނެޓް ސެކްރެޓަރީއާ ފޯނުން ގުޅުއްވުމަށްފަހު، އެއިން ބޭފުޅެއްގެ އަރިހަށް، އެ އެއްޗެއް ފޮނުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދެންނެވުން ނުކުތުމުން، މިއޮފީހުގެ ނަންބަރު: 31/96 (8 މެއި 1996) ދެންނެވުން، ރައީސުލްޖުމްހޫރިއްޔާ ބާޠިލް ކުރައްވައިފިއެވެ.