1. މިނިސްޓަރ އޮފް ހެލްތުކަން
 
މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމަށް، ހެންވޭރު ވެހެލި ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ކަމުގެ މަގާމުގައެވެ.
 
2. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްކަން
 
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަގާމަށް، އައްޑުއަތޮޅު ހުޅުދޫ ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.