ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، މާލޭ ވިލިނގިލީ އަވަށަށް ޒިޔާރަތް ކުރައްވައި، އެއަވަށުގެ އެކި މަރްކަޒުތައް ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު މާލޭ ވިލިނގިލީ އަވަށަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި ޑިޓޮކްސް ސެންޓަރާއި، އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރ ބައްލަވައިލެއްވިއެވެ. އަދި މިސެންޓަރުތަކުން ލިބެމުންދާ ޚިދުމަތްތަކާބެހޭ މަޢްލޫމާތު ހޯއްދަވައި، ސެންޓަރުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރުން މިހާރަށް ބޭނުންވާކަންކަން އޮޅުންފިލުއްވިއެވެ. މީގެއިތުރުން، ވިލިނގިލީ ޔޫތް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވިއެވެ.