އިނގިރޭސިވިލާތުގެ އެކްޓިންގ ހައިކޮމިޝަނަރ މިސްޓަރ ރޮބީ ބުލޮޗް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުގެ މަޢުލޫމާތު އެކްޓިންގ ހައިކޮމިޝަނަރާ ހިއްސާކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމަށްފަހު ސަރުކާރަށް ސިޔާސީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވިއެވެ.

މިސްޓަރ ރޮބީ ބުލޮޗް ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ގާތް ގުޅުން ފާހަގަކުރެއްވިއެވެ.