ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން، މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، މިއަދު ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މިއަދު މެންދުރުފަހު 2.30 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤައުމާ މުޚާޠަބު ކުރެއްވުމަށްފަހު ޕްރެސް ކޮންފަރެންސެއް ބާއްވަވާނެއެވެ.