ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ބޭއްވި "ލިޔުންތެރިންގެ ފޮތް މަޢުރަޒު 2012" މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މި މަހުގެ 18 އިން މިއަދުގެ ނިޔަލަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާ ލިޔުންތެރިންގެ ފޮތް މަޢުރަޒަށް ރައީސުލްޖުމްހޫރިއްޔާ މިކުރެއްވި ޒިޔާރަތުގައި، ފޮތް މަޢުރަޒުގެ ސްޓޯލްތަކުގައި ލިބެންހުރި ފޮތްތައް ބައްލަވާލައްވައި، ފޮތްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

މި ފޮތް މަޢުރަޒަކީ، ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މަޢުރަޒެކެވެ.