1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
 
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް، ދަފްތަރު ނަންބަރު 4742 އަލްފާޟިލް މުޙަންމަދު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2. މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްކަން
 
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ކަމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި އައްޑުއަތޮޅު ފޭދޫ އާރާމުގޭ އަލްފާޟިލް ޙުސައިން ޖަލީލު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.