ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް ދަފްތަރު ނަންބަރު 4742 އަލްފާޟިލް މުޙަންމަދު އަޙްމަދު ޢައްޔަން ކުރައްވައިފިއެވެ. މީގެއިތުރުން، މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ކަމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، އައްޑުއަތޮޅު ފޭދޫ އާރާމުގޭ އަލްފާޟިލް ޙުސައިން ޖަލީލުވެސް ޢައްޔަން ކުރެއްވިއެވެ.