1. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރަޖިސްޓްރާރ ޖެނެރަލް އޮފް ޝިޕިންގކަން
                   
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރަޖިސްޓްރާރ ޖެނެރަލް އޮފް ޝިޕިންގގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، ދަފުތަރު ނަންބަރު 7615 އަލްފާޟިލް އިބްރާހީމް ނާޒިމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓަރީކަން
 
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ބެންހާގޭ އަލްފާޟިލް ޢަލީ ނަޞީރު މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
 
3. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންކަން
 

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި މާފަންނު ލިލީޒް އަލްފާޟިލް ޢަބްދުއްރަޝީދު ނާފިޒް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.